ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ އިންޓަނެޓް ބޭންކިންގެ ހިދުމަތް މުޅިން ހިލޭ ކުރަން އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޕްރިމިއަމް ޕެކޭޖަށް މިހާރު އަހަރަކު 1800ރ. ދައްކަން ޖެހެ އެވެ.

ބީއެމްއެލް އިން މިއަދު ބުނީ މާދަމަ އިން ފެށިގެން ބީއެމްއެލްގެ ޕްރިމިއަމް ޕެކޭޖްގެ މަހުފީ އުވާލަން ނިންމައި އެ ޕޭޖު ވެސް ހިލޭ ކުރަން ނިންމާފައިވާ ކަމަށެވެ. ޕްރިމިއަމް ޕެކޭޖުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތާއި އަދިވެސް އެހެނިހެން ހިދުމަތްތައް ލިބެ އެވެ.

ސްޓޭންޑަޑް ޕެކޭޖް ބޭނުން ކުރަމުން އަންނަ ފަރާތްތަކުން ޕްރިމިއަމް ޕެކޭޖަށް އަޕްގްރޭޑް ކުރުމަށް އިންޓަނެޓް ބޭންކިންގެ ބޭންކް މެއިލް މެދުވެރިކޮށް މެއިލްއެއް ފޮނުވައިގެން އެ ހިދުމަތް އަޕްގްރޭޑް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން ދޫކުރާ އިންޓަނެޓް ހިދުމަތުގެ ޓޯކަންގެ އަގަށް ވެސް ވަނީ މިހާރު ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން 800ރ. އަށް ދޫކުރަމުން ދިޔަ ޓޯކަން ދެން ވިއްކާނީ 200ރ. އަށް ކަމަށް ވެސް އެ ބޭންކުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އާ އަހަރުގެ ޕްރޮމޯޝަންގެ ދަށުން މަދާމަ އިން ފެށިގެން ޖޫން 30ގެ ނިޔަލަށް ޓޯކަން ވިއްކާނީ 100ރ. އަށެވެ.