31 Dec 2012, 11:10
ކޮންމެ އަހަރެއް ވެސް ނިމިގެންދަނީ ހާއްސަ ކަންތަކަކާ އެކުގައެވެ. ކޮންމެ އަހަރަކީ ވެސް ކޮންމެވެސް ބަޔަކަށް އެންމެ ހާއްސަ އަހަރު ވެސް މެއެވެ. އަނެއް ބައެއްގެ ގާތުގައި ވަކިން މާ ހާއްސަ އަހަރަކަށް ނުވިޔަސް، ކޮންމެ އަހަރެއްގައި ވެސް ކޮންމެ މީހަކާ ވެސް ދިމާވާނެ ފާހަގަކޮށްލެވޭ ކަންތައްތަކެއް ހުންނާނެއެވެ. ނިމިގެން މިދާ 2012 ވަނަ އަހަރަކީ ވެސް ހަމަ މިފަދަ އަހަރެކެވެ. ދިވެހިރާއްޖެއަށް ބަލާއިރު 1183 ދުވަހު ވެރިކަން ކުރެއްވުމަށް ފަހު ރައީސް ނަޝީދުގެ ވެރިކަން 7 ފެބުރުވަރީ 2012 ގައި ނިމިގެން ދިޔަ ދިއުން ފާހަގަކޮށްލެވެއެވެ. ދުނިޔެއަށް ބަލާއިރު ވެސް ފާހަގަކޮށްލެވޭ އެތައް ކަމެއް ހިނގައިފައިވެއެވެ. ހަމަ އެހެންމެ މި އަހަރަކީ ދުނިޔެ ދުށް ވަރަ ގިނަ ލީޑަރުންތަކެއް އަވަހާރަވެގެން ދިޔަ އަހަރެކެވެ. 2012 ވަނަ އަހަރު ނިމިގެން ދާއިރު، މިއަހަރުގެ ތެރޭގައި ހިނގި ގިނަ ކަންތައް އަޅުގަނޑުމެންގެ ހަނދާނަކު މިހާރަކު ނެތެވެ. އެހެންކަމާއެކު 2012 ވަނަ އަހަރުގައި ދުނިޔޭގެ މަސްރަހުގައި ހިނގި ބައެއް ކަންކަމަށް ނަޒަރު ހިންގައިލައި، ހަނދާންތައް ތާޒާކޮށްލަމާ ހިނގާށެވެ.
ހާދިސާތައް
ފެބުރުވަރީ 1 ގައި މިސްރުގެ ޕޯޓް ސައީދުގައި ކުޅެވުނު ފުޓުބޯޅަ މެޗަކަށް ފަހު ހިނގި ހާދިސާއެއްގައި، މަދުވެގެން 79 މީހުން މަރުވެ 1000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. ފެބުރުވަރީ 6 ގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ރަނިކަމުގެ އަލިމަސްޔޫބީލް ވަނީ ފާހަގަކޮށްފައެވެ. ފެބުރުވަރީ 15 ގައި ހޮންޑިއުރަސްގެ ޖަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 360 މީހުން މަރުވިއެވެ. ފެބުރުވަރީ 19 ގައި އީރާނުންވަނީ އިނގިރޭސިވިލާތަށާއި ފަރަންސޭސިވިލާތަށް އެ ގައުމުގެ ތެޔޮ ނުވިއްކާނެކަން އިއުލާންކޮށްފައެވެ. ފެބުރުވަރީ 27 ގައި ޔަމަނުގެ ރައީސް އަލީ އަބްދުﷲ ސާލިހުގެ ވެރިކަން ނިމުމަކަށް އައެވެ. މާރިޗު 13 ގައި މަޝްހޫރު އެކުމާފާނު ބްރިޓޭނިކާ އެންސައިކްލޮޕީޑިއާ އާންމުކޮށް ޗާޕުކުރުން ހުއްޓައިލެވުނެވެ. މާރިޗު 22 ގައި މާލީގެ ވެރިކަން އިންގިލާބުކޮށްލެވުނެވެ. އެޕްރީލް 6 ގައި މާލީން ވަކިވެ ވަކި ދައުލަތެއްގެ ގޮތުގައި އަޒަވާދުގެ މިނިވަންކަން އިއުލާން ކުރިއެވެ. އެޕްރީލް 12 ގައި ގިނީބިސާއުގެ އިންތިހާބުގެ ދުވަސްވަރު ވަގުތީ ރައީސް އާއި އިންތިހާބުގައި އެންމެ ކުރީގައި އުޅުނުކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ކެންޑިޑޭޓު ހައްޔަރުކުރެވުނެވެ. ޖުލައި މަހުގެ 30 އަދި 31 ގައި މުޅި ދުނިޔޭގެ ތާރީހުގައި ވެސް ކަރަންޓުގެ ހިދުމަތް ލިބޭން ފެށިފަހުން އެންމެ ގިނަ ބަޔަކު ކަނު އަނދިރީގައި ހޭދަކުރާން ޖެހުން ފާހަގަކޮށްލެވެއެވެ. އިންޑިޔާގެ އާބާދީގެ ދެބައިކުޅަ އެއްބައި، 620 މިލިޔަން މީހުން ވަނީ މި ދެ ދުވަސް ކަރަންޓާ ނުލައި ހޭދަކޮށްފައެވެ. ސެޕްޓެންބަރު 7 ގައި ކެނެޑާއިން އީރާނާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑައިލިއެވެ. ސެޕްޓެންބަރު 11 ގައި ޕާކިސްތާނުގެ ކަރާޗީ އާއި ލާހޫރުގައި ގާމެންޓް ފެކްޓަރީގައި ހިނގި އަލިފާނުގެ ދެ ހާދިސާއެއްގައި 315 މީހުން މަރުވެ 250 މީހުންނަށް އަނިޔާ ލިބިފައިވެއެވެ. ނޮވެންބަރު 29 ގައި އ.ދ މަޖިލީހުގެ މެންބަރު ނޫން އޮބްޒާވަރު ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ލިބިގެން ދިޔައެވެ. ޑިސެންބަރު 8 ގައި ގަތަރުގައި ބޭއްވުނު މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސުން ކިޔޯޓޯ ޕްރޮޓޮކޯލް 2020 އާ ހަމަޔަށް ދެމެހެއްޓުމަށް ނިންމިއެވެ. ޑިސެންބަރު 16 ގައި އިންޑިޔާގައި ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ކުއްޖަކު އަނިޔާވެރި ގޮތަކަށް ރޭޕުކޮށްލެވުނެވެ.
އުފަންވެވަޑައިގަތް ބައެއް ބޭފުޅުން
ޖަނަވަރީ 24 ގައި ޑެންމާކުގެ އަމީރާ އެތީނާ އުފަންވެވަޑައިގަތެވެ. ފެބުރުވަރީ 23 ގައި ސްވިޑެންގެ އަމީރާ އެސްތެލް އުފަންވެވަޑައިގަތެވެ.
އަވަހާރަވީ ބައެއް ބޭފުޅުން
ޖަނަވަރީ 1 ގައި މެސެޑޯނިޔާގެ ފުރަތަމަ ރައީސް އަވަހާރަވިއެވެ. ޖަނަވަރީ 9 ގައި ގިނީބިސާއުގެ 6 ވަނަ އަދި 12 ވަނަ ރައީސް އަވަހާރަވިއެވެ. ޖަނަވަރީ 29 ގައި އިޓަލީގެ 9 ވަނަ ރައީސް އަވަހާރަވިއެވެ. މާރިޗު 6 ގައި އިރުމަތީ ޓީމޯރުގެ ފުރަތަމަ ރައީސް އަވަހާރަވިއެވެ. މާރިޗު 14 ގައި މޯލްޓާގެ 4 ވަނަ ރައީސް އަވަހާރަވިއެވެ. މާރިޗު 18 ގައި ޓޮންގާގެ ރަސްގެފާނު އަވަހާރަވިއެވެ. މާރިޗު 23 ގައި 2004 އިން 2008 އަށް ސޯމާލިޔާގެ ވެރިކަން ކުރެއްވި ރައީސް އަވަހާރަވިއެވެ. ހަމަ އެ ދުވަހު އިރާގުގެ 52 ވަނަ ބޮޑުވަޒީރު ވެސް އަވަހާރަވިއެވެ. އެޕްރީލް 1 ގައި މެކްސިކޯގެ 52 ވަނަ ރައީސް އަވަހާރަވިއެވެ. އެޕްރީލް 5 ގައި މަލާވީގެ 3 ވަނަ ރައީސް އަވަހާރަވިއެވެ. އެޕްރީލް 11 ގައި އަލްޖަޒާއިރުގެ ފުރަތަމަ ރައީސް އަވަހާރަވިއެވެ. އެޕްރީލް 29 ގައި 2003 އިން 2006 އަށް ހުންނެވި ލީބިޔާގެ ބޮޑުވަޒީރު އަވަހާރަވިއެވެ. ޖޫން 16 ގައި ސައުދީ ވަލީއަހުދު އަވަހާރަވިއެވެ. ޖޫން 30 ގައި އިސްރާއީލުގެ 7 ވަނަ ބޮޑުވަޒީރު އަވަހާރަވިއެވެ. ޖުލައި 24 ގައި ގާނާގެ ރައީސް އަވަހާރަވިއެވެ. އޯގަސްޓު 20 ގައި މޯލްޓާގެ 8 ވަނަ ބޮޑުވަޒީރު އަވަހާރަވިއެވެ. ހަމަ މި ދުވަހު އިތިޔޯޕިޔާގެ 3 ވަނަ ރައީސް އަދި އެގައުމުގެ 10 ވަނަ ބޮޑުވަޒީރު އަވަހާރަވިއެވެ. ސެޕްޓެންބަރު 16 ގައި ނޯވޭގެ އަމީރާއަކު އަވަހާރަވިއެވެ. އޮކްޓޯބަރު 6 ގައި އަލްޖަޒާއިރުގެ 3 ވަނަ ރައީސް އަވަހާރަވިއެވެ. އޮކްޓޯބަރު 15 ގައި ކެންބޯޑިޔާގެ ރަސްގެފާނު އަވަހާރަވިއެވެ. ނޮވެންބަރު 30 ގައި އިންޑިޔާގެ 12 ވަނަ ބޮޑުވަޒީރު އަވަހާރަވިއެވެ. ޑިސެންބަރު 10 ގައި ބަންގްލާދޭޝްގެ 13 ވަނަ ރައީސް އަވަހާރަވިއެ