ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަށް އެޅުމަށްޓަކައި ގައިޑް ލައިންތަކެއް ތައްޔާރުކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.

އަދީބް ވިދާޅުވީ މިހާރަކަށް އައިސް ފީނަން ގޮސްއުޅުމުގެ ތެރޭގައި ބައެއް ޓޫރިސްޓުން މަރުވެފައިވާ އިރު މިހާރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މާކެޓް ބަދަލުވެފައިވާ އިރު މީގެކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޔޫރަޕު މީހުންނަކީ މޫދަށް އަހުލުވެރިބައެއް ނަމަވެސް މިހާރު އެންމެ ގިނައިން ރާއްޖެ އަށް އަންނަ އޭޝިއާ ސަރަހައްދުގެ ޓޫރިސްޓުނަކީ މުޅިންއަލަށް މޫދުފެންނަ ބަޔަކަށް ވުމުން އެމީހުންގެ ސަލާމަތަށް ޓަކައި ގިނަ ފިޔަވަލުތަކެއް އެޅުމަށް ނިންމާއިވާ ކަމަށެވެ.

"އޭޝިއާގެ ފަތުރުވެރިން ވަރަށް ގިނަ އަދަދަކަށް ރާއްޖެ އަށް އެބައާދޭ، އަޅުގަޑުމެންނަކީ ޔޫރަޕު މީހުންކައިރިން ފީނަށް ދަސްކޮށްގެންތިބިބައެއް. އެބޭފުލޫން އަޅުގަނޑުމެނަށް ދަސްކޮދިނީ ކޮރަލްގައި ނާތްލަން އެހުރިހާ ގައިޑްލައިނެއް ދަސްކޮށްދިނީ އެބޭފުޅުން. ނަމަވެސް މިވަގުތު މިއަންނަ ޓޫރިސްޓުން (އޭޝިއާ ސަރަހައްދުގެ) އަކީ ދުވަހު ވެސް މޫދަށް ނޭރޭ ޓޫރިސްޓުން،" އަދީބް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ފަތަށް ނޭނގޭ ނުވަތަ މޫދަށް އަހުލުވެރިނުވާ ޓޫރިސްޓުންގެ ގޮތުގައި ބޮޑަށް ފާހަގަވެފައި ވަނީ ޗައިނާގެ ޓޫރިސްޓުނާއި ކޮރެއާގެ ޓޫރިސްޓުން ކަމަށެވެ. އަދި އެޓޫރިސްޓުން މޫދަށް އަހުލުވެރިކުރުމުގެ ގޮތުން ރާއްޖެ އަށް އަންނަ ހިސާބުން މި އަންނަ މަހުންފެށިގެން އެބޭފުޅުނަށް ގައިޑްލައިނެއް ދިނުމަށް ހަމަޖެހިފަިއވާ ކަމަށާއި އެގައިޑްލައިނުގައި ރާއްޖެއާ ބެހޭ މައުލޫމާތު ހިމަނާފައިވާ އިރު މޫދަށް އެރިއުޅުމުގައި ރައްކާތެރިވުމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ސިފައިންނާއި ފުލުހުންނާ ގުޅިގެން ތަފާތް މަސައްކަތްތަކެއް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޭގެތެރެއިން އަޅުގަނޑުމެނަށް ލައިފްގާޑާއި، ޑެޕްޓް ފަދަ އެއްޗެތި ޖެހުމަށައި އެހުރިހާކަމެއްކުރުމާ އެކު، ހާއްސަކޮށް އަޅުގަނޑުމެން ބޭނުން ކުރަން ޖެހޭ ގާތްގަޑަކަށް ފަސް ބަހެއް. އެގޮތުން އެފަސްބަހުން ލިޔެގެން އަޅުގަނޑުމެން އެބަޖެހޭ ކޮމިނިއުޓޭޓް ކުރަން. އަދި ހާއްސަކޮށް ޗައިނާ އެމްބަސީއާގުޅިގެން ތަފާތް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި." އަދީބް ވިދާޅުވި އެވެ.

މިފަހަކަށް އައިސް ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް ވަނީ ވަރަށް ކައިރިކައިރީގައި ހިނގާފަ އެވެ. އެގޮތުން މި މަހުގެ ތެރޭގައި ވެސް އެފަދަ ދެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެއީ މިމަހުގެ ކުރީކޮޅު ބަނޑޮސްއައިލެންޑް ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ނުކުމެ އުޅުނު ޗައިނާގެ އަންހެން ޓޫރިސްޓަކު ގެއްލުނު ހާދިސާ އެވެ. އެމީހާ އަދިވެސް ނުފެނެ އެވެ. އަނެއް ހާދިސާ އަކީ މި މަހުގެ މެދުތެރޭގައި ރ. މީދުއްޕަރު ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ކޮރެއާ މީހަކު މަރުވި ހާދިސާ އެވެ.

އަދީބް އިތުރަށް ވިދާޅުވީ ކުނީގެ މައްސަލައަކީ ޓޫރިޒަމް ދާއިރާ އަށް މިއަދު ދިމާވެފައިވާ އަދި ހައްލެއް ލިބިފައިނުވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ކުނި ނައްތާލުމާ ހަވާލުވެފައިވާ ފަރާތްތަކަށް މިއަންނަ ފެބުރުއަރީ މަހުގެ ނިޔަލަށް ހައްލުނުވެއްޖެ ނަމަ ޓޫރިޒަމް އިންޑަސްޓްރީން އެކަން ކުރަން އިސްނަގާނެ ކަމަށެވެ.

"މިހާރު ޓޫރިޒަމަށް އެންމެ ބޮޑަށް އަސަރުކުރާ އެއް ކަމަކީ ކުނި، އަދި ކުންޏާއި ދުން ފެނުން، ބޯޓު ޖައްސާއިރު ދުން ފެނުން، މިއީ ވެލިއު އެޑިޝަން ވަރަށް ދަށްވާ ކަންތައްތަކެއް، ހާއްސަކޮށް މާލެ އަތޮޅުގަ، ބައެއް ރަށްރަށުގައި އެބަހުރި ސްމޯކް އައިލެންޑް، ބައެއް ފަހަރު އެބަހުރި ބުނެފަވެސް ސްމޯކް ނުފެންނަ އައިލެންޑަކަށް ދާށޭ ބޭނުން ވަނީ، ރާއްޖޭގައި މި ހުންނަނީ ވަރަށް ހައި ބްރޭންޑްތައް،" އަދީބު ވިދާޅުވިޅުވި އެވެ.