ނިޔުޔޯކް (ޑިސެމްބަރު 31): އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންގެ ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުގެ ސަބަބުން އެކަމަށް ފަރުވާ ދިނުމަށް ޓަކައި ނިޔުޔޯކްގެ ހޮސްޕިޓަލެއްގައި އޭނާ އެނދުމަތިކޮށްފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނެއް ކަމަށްވާ ފިލީޕީ ރީނީސް ވިދާޅުވީ މިއީ މީގެ ދެ ހަފްތާކުރިން ހިލަރީ އަށް ކުރިމަތިވެވަޑައިގެންނެވި ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުގެ މައްސަލައިގެ ސަބަބުން ކުރިމަތިވި އިތުރު މައްސަލައެއް ކަމަށް ޑޮކްޓަރުން ހާމަކުރާކަމުގަ އެވެ. މީގެ ދެހަފްތާކުރިން ހިލަރީ ކްލިންޓަންގެ ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުގެ ސަބަބުން ލޯމައްޗަށް އަނދިރިއަޅައި ވެއްޓި ވަޑައިގަތުމާ އެކު ކުއްލި ޙާލަތުގައި ހޮސްޕިޓަލަށް ގެންދެވި އެނދުމަތި ކުރެވިފައިވެ އެވެ. ހޮސްޕިޓަލުގައި ކުރިން ކުރި ޓެސްޓްތަކުން ހިލަރީގެ މަޢިދާގައި ވައިރަސްގެ އިންފެކްޝަނެއް އުޅޭކަން ވެސް ވަނީ ހާމަވެފަ އެވެ.
ހިލަރީ މިހާރު އޮންނެވީ ނިޔުޔޯކްގެ ބްރިސްބިޓްރިޔާން ހޮސްޕިޓަލުގަ އެވެ. ހިލަރީގެ ޙާލުކޮޅު ސީރިޔަސް ނޫންކަމަށާއި ނަމަވެސް ކުރިޔަށް އޮތް 48 ގަޑިއިރަކީ އޭނާ އަށް ފަރުވާ ދިނުމުގައި މުހިއްމު ވަގުތެއްކަމަށް ޑޮކްޓަރުން ބުނެ އެވެ. ސިކުނޑީގައި ލޭކޮޅެއް ގަނޑުވި ނަމަވެސް ހިލަރީ އަށް ސްޓްރޯކެއް ނުޖެހޭ ކަމަށް ޚަބަރު ލިބެ އެވެ. (ބީ.ބީ.ސީ)