ޔުވެންޓަސް އިން ހޯދަން މަސައްކަތްކުރާ ފޯވާޑް ފެނާންޑޯ ލޮރެންޓޭ އެތްލެޓިކް ބިލްބާއޯ ދޫކޮށްލުމަށް ރާވަމުންދާ ކަމަށް އޭނާ ބުނެފި އެވެ.

ޔުވެންޓަސް އިން ހުށަހެޅި ހުށަހެޅުން އާކުރުމުގެ ރިޕޯޓްތަކެއް ދާދި ފަހުން އާންމުވެފައިވެ އެވެ. ބިލްބާއޯ ދޫކޮށްލުމަށް ރާވަމުންދާ ދިއުމަކީ ޔުވެންޓަސް އަށް ލިބޭނެ ބޮޑު އުފަލެކެވެ. ނަމަވެސް ލޮރެންޓޭގެ އެންމެ ފުރަތަމަ ކްލަބު ދޫކޮށްލުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެ އެވެ.

"އަހަރެން މިއުޅެނީ ބިލްބާއޯ ދޫކޮށްލަން. ހަގީގަތަކީ މި ޕްރޮޖެކްޓަކީ އަހަރެންނަށް ވަރަށް ރަނގަޅު ޕްރޮޖެކްޓެއް. ނަމަވެސް ބިލްބާއޯ ދޫކޮށްލުމަކީ އަހަރެންނަށް ވަރަށް އުނދަގޫ ކަމެއް. ނަމަވެސް ފުޓްބޯޅަ އަކީ މިކަހަލަ އެއްޗެއް." ލޮރެންޓޭ ބުންޏެވެ.

ބިލްބާއޯ ދޫކޮށް އުމުރުން 27 އަހަރުގެ ލޮރެންޓޭ ދާނެ ވަކި މަންޒިލެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. ލޮރެންޓޭ ވަނީ ބިލްބާއޯގެ ޒުވާން ޓީމަށް ވެސް ކުޅެފަ އެވެ. ލޮރެންޓޭ އަކީ ސްޕެއިންގެ ވަރުގަދަ ގައުމީ ޓީމްގެ ވެސް ހިއްސާ އެކެވެ.