30 Dec 2012, 16:33
ނިއުދިއްލީ (30 ޑިސެމްބަރު) – އިންޑިޔާގެ ވެރިރަށް ދިއްލީގެ މަގެއްގެ މަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ހަ ފިރިހެނުންގެ ގޭންގަކުން އަނިޔާވެރި ގޮތަކަށް ރޭޕުކުރި 23 އަހަރުގެ އަންހެން ކުއްޖާ އަށް ސިންގަޕޫރުގެ މައުންޓު އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވުމުން އޭނާގެ ހަށިގަނޑު ދިއްލީ އަށް ގެނެސް ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްފޮ އެވެ.
އެއާ އިންޑިއާގެ ހާއްސަ އެއާކްރާފްޓެއްގައި އަންހެންކުޖާގެ ގަށިގަނޑު ގެނައީ ރޭ ފަތިހު 4:15ގަ އެވެ. އަންހެން ކުއްޖާ ގެނައި ފްލައިޓް އިންދިރާ ގާނދީ އިންޓާނޭޝަނަލް އެއާޕޯޓްގެ ޓެކްނިކަލް އޭރިޔާ ތެރެއަށް ވެއްދުމުން އަންހެން ކުއްޖާގެ އާއިލާއާ ބައްދަލުކޮށް ތައުޒިޔާ ދެންނެވުމަށް ޓަކައި އެ ގައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންގާއި، ކޮންގްރެސް ޕާޓީގެ ޗީފް ސޯނިޔާ ގާންދީ އެތަނަށް ހާޒިރުވެ ވަޑައިގަތެވެ.
އަންހެ ކުއްޖާގެ ޖަނާޒާގައި އެގައުމުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް އާރްޕީ ނަރައަން ސިންގު އާއި ވެސްޓް ދިއްލީގެ އެމްޕީ މަހަބާލް މިޝްރާއާއި ދިއްލީގެ ބީޖޭޕީ ޗީފް ވިޖެންދަރު ގުޕްތާ ބައިވެރިވެ ވަޑައިގެފައިވެ އެވެ. އަދި ޖަނާޒާގެ ކަންތައް ހިނގަމުން ދިޔަވަގުތު އާއިލާގެ އެދުމުގެ މަތިން އެތަނައް އެއްވެސް މީޑިޔާއެއް ވަނުން ވަނީ މަނާކޮށްފަ އެވެ.