މާދަމާއިން ފެށިގެން ދެ ދުވަހަށް ގައުމީ ބެންކް، ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އާއި ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އެހެން ބޭންކްތައް ބަންދުކުރާނެ އެވެ.

އާއަހަރާ ގުޅިގެން ދެދުވަހަށް ބޭންކްތައް ބަންދުކުރާއިރު ދެން ބެންކުތައް ހުޅުވާނީ އަންނަ އަހަރުގެ ދެވަނަ ދުވަސްކަމަށްވާ ބުދަ ދުވަހު އެވެ. ކޮންމެ އަހަރަކުވެސް އަހަރު ނިމޭ ދުވަހާއި ދިމާކޮށް އަހަރުގެ އެންމެ ފަހު ދުވަހު ބޭންކްތައް ބަންދުކުރެ އެވެ. އާ އަހަރު ފެށޭ ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. އަހަރު ނިމުމާ ދިމާކޮށް ބޭންކްތައް ބަންދު ކުރަނީ އަހަރުގެ ހިސާބުތައް ނިންމުމަށެވެ.

ބޭންކްތައް ބަންދުކުރާއިރު އާ އަހަރާގުޅުވައިގެން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ވެސް ބަންދުކުރާނެ އެވެ.