ސިކްސް ސެންސް ލާމް ރިސޯޓަށް ސަންޑޭ ޓައިމްސް ޓުރެވަލް މެގަޒިންސް އިން ހޮވާ ކިއުންތެރިންގެ އެވޯޑް 2012ގެ "ބެސްޓް އިންޓަނޭޝަނަލް ސުޕާ"ގެ އެވޯޑް ލިބިއްޖެ އެވެ.

ސަންޑޭ ޓައިމްސް ޓުރެވަލް މެގަޒިންގެ އެޑިޓަރު ގުރެންބައި ބުނީ އެ އެވޯޑްކީ އެޑިޓަރުން ދީފައިވާ އެވޯޑެއް ނޫން ކަމަށާއި އެ އެވޯޑަކީ ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެސުޕާއިން ހިދުމަތް ހޯދާފައިވާ ބޭފުޅުންދިން ވޯޓުން ލިބިފައިވާ އެވޯޑެއް ކަމަށެވެ. އަދި ބުނީ އެއެވޯޑަށް ޖުމުލަ 100،000 ކިޔުންތެރިން ވޯޓްދީފައިވާ ކަމަށެވެ.

ސިކްސް ސެންސް ލާމް ރިސޯޓަށް ޓުރެވަލްދާއިރާގައި ފާހަގަކޮށްލެވޭ ސަންޑޭ ޓައިމްސް ޓުރެވަލް މެގަޒިންސް އިން ހޮވާ ކިއުންތެރިންގެ އެވޯޑް 2012ގެ "ބެސްޓް އިންޓަނޭޝަނަލް ސުޕާ"ގެ އެވޯޑް ލިބިފައި ވަނީ ތައިލެންޑް އަދި ބާލީގެ ސުޕާތަކާ ވާދަކޮގެނެވެ.

ސިކްސް ސެންސް ލާމް ރިސޯޓްގެ ސުޕާއިން މަސާޖުގެ ގިނަ ޓުރީޓްމަންޓްތަކެއްދޭ އިރު އެސުޕާއަކީ ޒަމާނީ ހިތްގައިމުކޮތަކަށް ހަދާފައިވާ ސުޕާއެކެވެ. އަދި އެ ރިސޯތުން 97 ވިލާގެ ހިދުމަތްދެ އެވެ. އޭގެތެރޭގައި ބީޗްވިލާ އާއި ވޯޓާ ވިލާތަށް ވެސް ހިމެނެ އެވެ.