މިހާރު ކުރިޔަށް ދާ އެފްއޭއެމް ވިމެންސް ފުޓްބޯޅަ ޗެމްޕިއަންޝިޕް 2012 ގައި ވާދަ ކުރާ ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމުގެ ވީޑިއޯ ލަވަ ލޯންޗް ކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި އަންހެން ފުޓުބޯޅަ ޓީމެއްގެ ޓީމް ލަވައެއް މިގޮތަށް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

"ސަން ގޮމަ" އިގެ ނަމުގައި ލޯންޗް ކުރި މި ލަވަ ކިޔައިދީފައި ވަނީ މަރިޔަމް އަޝްފާ އެވެ. ޅެން އަދި މިޔުޒިކް ހަދައިފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިޔުޒިޝަން މުހައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެފްއޭއެމް ވިމެންސް ޗެމްޕިއަންޝިޕް ގައި ވާދަ ކުރަމުން އަންނަ ސަން ހޮޓެސްގެ ޓީމު ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ފައިނަލު މެޗު ގައި ސަން ޓީމާ ވާދަ ކުރާނީ އެމްއެންޑީއެފްގެ ޓީމެވެ. މި މެޗު އޮންނާނީ މިއަދު ހަވީރު 4:15 ގައި ގަލޮޅު ރސްމީ ބޯޅަ ދަނޑުގަ އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ

http://www.youtube.com/watch?v=7d3g0lwvYQI