އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އާއިލާއަށް ފިލައިގެން އުޅޭތީ ހޯދަމުން ދަނީ ބ.ފެހެންދޫ ދޭލިޔާގޭ މަރްިޔަމް ނަދާ، 15، ކަމަށެވެ.

އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރު މާލޭގައި އޭނާ ދިރިއުޅެމުން ދިޔަ ގެއިން ނިކުމެގެން ދިޔަގޮތަށް ގެއަށް ނާންނަކަމަށް ކަމަށެވެ. އަދި ގެއިން ނިކުމެގެން ދިޔައިރު އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ޖީންސެއް ކަމަށާއި އޭނާ އަކީ ހަށިގަނޑުގެ ރޫފަ ހިކި އިސްތަށިގަނޑު ފަންކޮށް ނިއްކުރިމަތިން ކޮށާލާފައި ހުންނަ ކުއްޖެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މައުލޫމަތެއް ލިބިފައިވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް އިލްތިމާސް ކުރާކަމަށެވެ. ޕޮލިސް ސްޓޭޝަނެއް ނުހުންނަ ރަށަކުން ނަމަ ރިޕޯޓު ކުރާނީ އެރަށެއްގެ ކައުންސިލް އިދާރާއަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.