27 Dec 2012, 19:24
މިއަދު ބޭއްވި ނ.ލަންދޫ ބައި އިލެކްޝަން ޕީޕީއެމް ކެންޑިޑޭޓް ކާމިޔާބުކޮށްފި އެވެ.
ލަންދޫ ބައި އިލެކްޝަން ޕީޕީއެމް ޓިކެޓްގައި ވާދަކުރެއްވި އަލީ ހާފިޒް ކާމިޔާބު ކޮށްފައިވަނީ އަމިއްލަ ކެންޑިޑޭޓަކާއި ވާދަކޮށްގެންނެވެ. އަމިއްލަ ގޮތުން އެ ބައި އިލެކްޝަނުގައި ވާދަކުރި މަޖުދުއްﷲ އަބްދުއްރައްޒާގަށް 228 ވޯޓު ލިބިފައިވާއިރު އަލީ ހާފިޒް އިންތިހާބު ކާމިޔާބުކުރީ 296 ވޯޓު ހޯދައިގެންނެވެ.
ލަންދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވީ އެ ކައުންސިލްގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި އަބްދުﷲ ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރ. އިންނަމާދޫ އާއި ހއ. ވަށަފަރު ކައުންސިލްގެ ބައި އިލެކްޝަން ވެސް ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފަ އެވެ.