ފުލުހުންގެ ވަޒީފާގައި ދެމިހުރެ ފުލުހުންގެ މަސައްކަތަށް ފިލައިގެން އުޅުނު ތ. ތިމަރަފުށި އަސްނީމް ޕޮލިސް ލާންސް ކޯޕްރަލް އަލީ ހަލީފާ ހޯދަމުން ދަނިކޮށް އަމިއްލަ އަށް މޯލްޑިވްސް ޕޮލިސް ސަވިސް އަށް އޭނާ ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އޭނާ ހޯދުމަށް ފުލުހުން މަސައްކަތް ފަށާފައި ވަނީ ފުލުހުންގެ ވަޒީފާގައި ދެމިހުރެ އުޅޭ ވަކިތަނެއް ނާންގައި މަސައްކަތަށް ފިލައިގެން ހުރުމުގެ ސަބަބުން ކަމަށެވެ.

ފުލުހުންގެ ވަޒީފާގައި ހުރެ ފޭރުނު ކަމުގެ ތުހުމަތެއް ވެސް އޭނާގެ މައްޗަށްކޮށް އެނާ ވަޒީފާ އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އޭނާ އަށް އަލުން ވަޒީފާ ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް ފުލުހުންގެ ވަޒީފާގައި ހުރެ ހަލީފާ ފޭރުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. އަދި އޭނާ ފޭރުނު ކަމަށް ބުނާ އެ މައްސަލަ ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފަ އެވެ.