މީހަކަށް މަރުގެ އިންޒާރުދިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް އައްޑޫ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އެ ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ސ. ހިތަދޫ، ހުދުމާވަހަރުގެއާގެ އިބްރާހީމް ހުސައިން، 22،ގެ މައްޗަށް ކަމަށެވެ.

ކޯޓުން އިބްރާހީމް ހުސައިންގެ މައްޗަށް ހުކުމްކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ވަގުތެއްގައި އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރާލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދިން މައްސަލައާއި ގުޅިގެން ކަމަށެވެ.

އެ ކޯޓުގެ ކުމްގައި ވަނީ އިބްރާހީމް ހުސައިން އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އަށް މަރުގެ އިންޒާރުދިން ކަމަށް ޝަރީއަތަށް ސާބިތުވާތީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމަށެވެ.