27 Dec 2012, 11:36
ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި އަމަލުކުރުމަށް ކަނޑައާޅާފައިވާ ގަވާއިދުގެ ދަށުން ތިން ފަނޑިޔާރަކު ބަދަލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ގަވާއިދުގެ ދަށުން ބަދަލުކުރުމަށް ހަމަޖައްސާފައި ވަނީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަދީބު ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. މީގެ އިތުރުން މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު މ. މުލަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓު ކަމަށް ބަދަލުކުރުމަށާއި ރ. ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ރ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓަކަށް ބަދަލުކުރުމަށް ވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
ފަނޑިޔާރުން ބަދަލުކުރުމަށް ކަނޑައަޅާފައިވާ ގަވާއިދަށް އަމަލު ކުރުމަށް ހަމަޖައްސާފައި ވަނީ 01 ޖެނުއަރީ 2013 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.