އައިޖީއެމްއެޗާ ދިމާލުން މޫދަށް ފުންމާލި އަންހެނަކު ސަލާމަތްކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްުދުﷲ ރިޔާޒު ރޭ ދަންވަރުގެ ކުރައްވާފައިވާ ޓުއިޓެއްގައި ވިދާޅުވެފައި ވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗް މޫދުގެ ސަރަހައްދަށް އަންހެނަކު ފުންމާލާފައިވާ ކަމަށާއި އެމީހާ މޫދަށް ފުންމާލުމުން ސަލާމަތްކޮށްފައި ވަނީ އާއްމުންގެ އެހީތެރިކަމާ އެކު ފުލުހުންގެ ކޯޕްރަލް މުހައްމަދު ރީހާން ކަމަށެވެ. އަދި އެ އަންހެން މީހާގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުންގެ އޮފިޝަލަކު ކުރި މަސައްކަތަށް ކޮމިޝަނާ ވަނީ ތައުރީފް ކުރައްވައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެއަންހެން މީހާއާ ބެހޭ އެއްވެސް ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށާއި އެކަމާ ބެހޭ މައުލޫމާތު މީޑިއާއަށް ފަހުން ހާމަކުރާނެ ކަމަށެވެ.