ވިހޭ ގޮތަށް މާފަންނު ގޯޅިގަނޑެއްގެ ތެރޭގައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު އަންހެން ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިރޭ ދަންވަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ކުއްޖާގެ މަންމަ ހޯދިއްޖެ ކަމަށާއި އަދި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ރިޔާޒު ވިދާޅުވެފައި ވަނީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ފޮރިންސިކް ޓީމުން އެ މީހާ ހޯދުމަށް ކުރި މަސައްކަތާ ދޭތެރޭ ފަހުރުވެރިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފުސީލެއް އޭނާ ވެސް އަދި ފުލުހުން ވެސް ނުދެ އެވެ.

މިއަދު މިއަދު މ. ރިލީޒްގެ ކުރިމަތީގައި ބާއްވާފައި އޮތް އެތުއްތު ކުއްޖާ ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.