އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ޓީމަކުން ރާއްޖޭގައި ގައިދީން ބައިތިއްބާ ހުރިހާ ޖަލުތަކެއް ބަލައި ދިރާސާކޮށްފި އެވެ.


ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ޓީމެއް ޕެނިޓެންޝަރީއަށާއި އިއްޔެގެ ކުރީ ދުވަހު ޒިޔާރާތްކޮށް ޖަލުތައް ބަލައި މައުލޫމާތު އޮޅުން ފިލުވައި ދިރާސާކޮށްފައިވާ ކަމަވެ.  


"އެ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ދައުވަތަކަށް އައި ބޭފުޅުންކޮޅެއް ނޫން. އަޅުގަނޑުމެނަށް އަންގާފައި އޮތީ އެމީހުންނަށް އެހީތެރިކަންދޭން. އެމީހުން ޖަލުތަކަށް ގޮސް ސުވާލުތައްކޮށް ބަލައި ހެދި،" ރަޝީދު ވިދާޅުވި އެވެ.


ރަޝީދު އަދި ވިދާޅުވީ ރާއްޖޭގެ ގައިދީންނާއި ޖަލާއި ބެހޭ ގޮތުން ތަފާތު މައުލޫމާތު އޮޅުން ފިލުވާފައިވާއިރު ޖަލެއް އަޅާނަމަ ކޮންހަލަ ފަންނީ އެހީތެރިކަމެއް ބޭނުންތޯ ވެސް އެޓީމުން އޮޅުން ފިލުވި ކަމަށެވެ.


ޖަލުތަކަށް ޒިޔާރަތްކުރި ޖަސްޓިސް ޑިޕާޓްމަންޓްގެ ފަސް މެންބަރުން ވަނީ މިއަދު ރައީސް މުހަންމަދު ނަޝީދާ ބައްދަލުކޮށްފަ އެވެ.


ރާއްޖޭގެ ޖަލުތަކުގެ ކަންކަމުގައި ވަރަށް ރަނގަޅު ކަންތައްތަކާއި، އިސްލާހު ކުރަންޖެހޭ ކަންތައްތައްހުރި ކަމުގައި ފާހަގަކޮށް އެކަންކަމުގެ ތަފުސީލު ރައީސް ނަޝީދަށް އެ ޓީމުން އަރުވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މިއަދު ބުނެފަ އެވެ.