ވިހޭގޮތަށް މާފަންނު ގޯޅިގަނޑެއްގެ ތެރޭގައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މިއަދު މ. ރިލީޒްގެ ކުރިމަތީގައި ބާއްވާފައި އޮތް އެތުއްތު ކުއްޖާ ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ފޫޅު ދަނޑިއާ ވެސް އެކު އޮއްވާ ފެނުނު އެއްޖާ އަދި އޮތީ އައިޖީއެމްއެެޗްގަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވިހާފައި އެއްލާލައި ކުދިންގެ މައްސަލައަކީ މިފަހަކަށް އައިސް ވަރަށް ބޮޑު މައްސަލައަކަށްވާއިރު އޭގެ ތެރެއިން ގިނަ ކުދިން ފެނިފައިވަނީ މަރުވެފައިވަނިކޮށެވެ.