26 Dec 2012, 00:57
މަސްތުވާ ހިކި ބާވަތެއް ކަމަށްވާ ހިރޮއިން ކަމަށް ޝައްކު ކުރެވޭ ބުލެޓް ސައިޒްގެ 100 ރަބަރު ޕެކެޓާއި އެކު ތިންމީހުން ހައްޔަރު ކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 20 އަހަރާއި، 21 އަހަރުގެ ދެ ފިރިހެނުންނާއި އުމުރުން 23 އަހަރުގެ އަންހެނެކެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ 19:00 ހާއިރު ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގ.ކަރަންކާމާގޭގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ.
އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.