25 Dec 2012, 16:59
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޜަންގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ވާދަކުރަން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ޤައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޜަންގައި ކުޅުމަށް ފަހު 2013 ވަނަ އަހަރުގެ ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ޤައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޜަންގައި ވާދަކުރަން ނިންމާފައި މިވަނީ ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ އަލަށް އިންތިޚާބު ކުރެވުނު ހިންގާ ކޮމިޓީއިންނެވެ.
އަންނަ އަހަރުގެ ޖެނުއަރީ 14-26 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ޓީމް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ އިރު މި ޓީމުގައި މިއަހަރު ޕޮލިސް ކުލަބުގެ ފިރިހެން ވޮލީޓީމްގައި ހިމެނުނު އެއްވެސް ކުޅުންތެރިއަކު ނުހިމެނޭނެ ކަމަށް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން މަޢުލޫމާތުދެ އެވެ.