މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރ. އުނގޫފާރު ފިހާރައެއްގެ ބިއްލޫރިގަނޑެއް ތަޅާލި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުނގޫފާރު "ފެލިވިލް މާޓް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 22 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ ދެ މީހުން ކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 1:00 ޖަހާއެހާކަން ހާއިރު ހިނގި އެހާދިސާއާ ގުޅިގެން އުނގޫފާރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ހަމަ އެރޭ ދަންވަރު 2:00 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.