25 Dec 2012, 13:34
ފުލުހަކަށް ހެދިގެން އަންހެނެއްގެ އަތުން ފައިސާ އަތުލަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ މީހެއް ކަމަށާއި މި މަހުގެ 17 ވަނަ ދުވަހުގެރޭ 9:45 އެހާކަންހާއިރު އޭނާ ހައްޔަރު ކުރީ މީހަކު ބްލެކް މެއިލްކޮށް ފައިސާ އަތުލަމުން ދިޔަކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަމީނީމަގު ފްލެޓް ކައިރިން ހައްޔަރު ކުރި އެމީހާ ދެ ފަހަރެއްގެ މަތިން އަންހެނެެއްގެ އަތުން ފަސް ހާސް ރުފިޔާ ހޯދާފައިވާ ކަމަށާއި އޭނާ އަކީ އެފަދަ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.