ޖަމިއްޔާތަކާ ބެހޭ ގާނޫނާއި ގަވާއިދާ ހިލާފް ވުމުގެ ސަބަބުން މިއަހަރު 100 އަށް ވުރެ ގިނަ ޖަމިއްޔާ އުވާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.


މިނިސްޓްރީން ބުނީ ގަވާއިދު އިސްލާހު ނުކޮށްގެން 150 ޖަމިއްޔާ މިދިޔައަހަރު ވެސް އުވާލި ކަމަށާއި މިއަހަރުގެ މިހާތަނަށް 100 އަށް ވުރެ ގިނަ ޖަމިއްޔާ އުވާލީ ގަވައިދާ ހިލާފުވެގެނެ ކަމަށެވެ.


އުވާލި ޖަމިއްޔާތަކުން ހިލާފުވެފައިވަނީ ގައިވައިދު ބުނާ ކޮން ކަމަކަށް ކަމެއް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.


ގިނަ ޖަމިއްޔާތަކެއް އުވާލި ނަމަވެސް މިއަހަރުގެ މިހާތަނަށް ވެސް 91 ޖަމިއްޔާ އެއް ވަނީ އަލަށް ރަޖިސްޓްރީ ކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އިޖްތިމާއީ ތަރައްގީ އަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކެވެ.
ހޯމް މިނިސްޓްރީގައި މިހާތަނަށް 1100 އަށް ވުރެ ގިނަ ޖަމިއްޔާއި ރަޖިސްޓްރީ ކޮށްފައިވެ އެވެ.