24 Dec 2012, 14:11
ނ. ކުޑަފަރީ ޔޫތު މޫވްމަންޓްގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ސަންޓްރަވަލްސް ކޭވައިއެމް ޗެލެންޖް ކަޕްގެ 19 އަހަރުންމަތީ އުމުރުފުރާގެ ޗެމްޕިއަންކަން ކުޑަފަރި އީސްޓާން މެޑްރިޑް ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގައި ކުޑަފަރީގެ އީސްޓާން މެޑްރިޑް ޗެމްޕިއަންކަން ހޯދީ އެފްސީ މެރިޓް އާއި ބައްދަލުކޮށް ކުޅުނު ދެ ހާފްގައި ވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5 ލަނޑު 6 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މެޗު ނިމުމުން މުބާރާތުގެ ރަނަރަފް ޓީމަށް ކޭވައިއެމް އިން ހުށަހަޅާ ރިހި މެޑަލް ވަނީ އެފް ސީ މެރިޓް އާއި ހަވާލުކޮށްފަ އެވެ. އަދި ޗެމްޕިއަން ޓީމަށް ތައްޓާއި ދިރާގުން ސްޕޮންސާކޮށްފައިވާ ރަންމެޑަލް ވަނީ ހަވާލުކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސާ ސަންޓްރަވަލްސްގެ އިބުރާޙިމް ސިޔާމް އެވެ.
މިމުބާރާތަކީ މިހާތަނަށް އެންމެ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު ނ. ކުޑަފރީގައި ބޭއްވި މުބާރާތެވެ.