އަމާނާ ތަކާފުލް ގެ ހިއްސާދާރުނަށް އަހަރުގެ މެދުތެރެއިން ބަހާ ފައިދާ، އިންޓެރިމް ޑިވިޑެންޑް ގެ ގޮތުގައި ހިއްސާގެ މޫނުމަތީ އަގުގެ 2.5 ޕަސެންޓް ދިނުމަށް ނިންމައިފި އެވެ.

އަމާނާ ތަކާފުލް މިދިޔަ އަހަރު ހިއްސާއެއް ވިއްކާފައި ވަނީ މޫނުމަތީ އަގު 1.30ރ. ގެ ހިއްސާއެއް 20ރ. އަށެވެ. އެ ހިއްސާގެ ޕްރިމިއަމްގެ ގޮތުގައި ޖުމްލަ 14.96 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއަހަރު މައިގަނޑު ގޮތެއްގައި އެކުންފުނިންދޭ އިންޝޫރެންސްގެ ދާއިރާއިން ކުރިއެރުން ހޯދާފައިވަނީ މެޑިކަލް އިންޝޫއަރޭންސާއި ފަޔާ އިންސުއަރެންސްގެ އިތުރުން މިސެލޭނިއަސް އާއި ހަލް އިންޝުއަރެންސް އިނެވެ. އަދި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ މިސެލޭނިއަސް އިންޝުއަރެންސްއިން 169 ޕަސެންޓް ހިއްސާކުރާއިރު މޯޓޯ އިންޝުއަރެންސްއިން ހިއްސާކޮށްފައިވަނީ 968 ޕަސެންޓެވެ.

އަމާނާ ތަކާފުލްގެ މެނޭޖިން ޑިރެކްޓާ ހަރީޒް ސުލައިމާން ވިދާޅުވީ މިއަހަރަކީ އެކުންފުއްޏަށް ވަރަށް ފާގަތި އަހަރެއް ކަމަށާއި ރާއްޖޭގައި އެ ކުންފުނި އޮޕަރޭޓް ކުރާތާ ދެއަހަރުވީއިރު މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެކުންފުންޏަށް އާމްދަނީގެ ގެ ގޮތުގައި 65.4 މިލިއަން ރުފިޔާ ލިބިފަިއވާކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރު އެމުއްދަތުގައި ލިބުނީ 40.6 މިލިއަން ރުފިޔާ ކަމުން އެއީ 61 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑު އިންޓެރިމް ޑިވިޑެންޑް މި އިއުލާން ކުރަނީ ވަރަށް އުފަލާއެކު އަޅުގަނޑަށް ޔަގީން ހުރިހާ ހިއްސާދާރުން މިކަމަށް މަރުހަބާ ކިޔާނެކަން، މިއަހަރަކީ މިކުންފުއްޏަށް ވަރަށް ފާގަތި އަހަރެއް، މިއީ މިކުންކުންފުނި ހިންގަންފެށިތާ ދެ ވަނަ އަހަރު" ހަރީޒް ސުލައިމާން ވިދާޅުވިއެވެ.

އަމަނާތަކަފުލްއިން ބުނީ އެކުންފުނީގެ ހިއްސާދާރުނަށް ޑިވިޑެންޑްގެ ނިސްބަތް ކަނޑައެޅުމަށް ރަޖިސްޓުރީކުރުން މިމަހުގެ 30ގައި ބަންދުކުރެވޭނެކަމަށެވެ. މޯލްޑިވްސް ސޮޓްކް އެކްސްޗޭންޖްގައި އަމާނާތަކަފުލް ލިސްޓްކުރެވުނީ 2011 ވަނަ އަހަރު އެވެ. އެއީ އަމިއްލަ ކުންފުއްޏެއް ސްޓޮކްއެސްޗޭންޖްގައި ރަޖިސްޓުރީކުރި ފުރަތަމަ ފަހަރެވެ.