ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްލާމީ ފިގުހު އެކަޑެމީގެ ޝަރީއާ ކައުންސިލަށާއި އިސްލާމީ ފިޤުހު އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލް އުފައްދަވައި އެ ދެ ކައުންސިލަށް މިއަދު މެންބަރުން ހަމަޖައްސަވައިފި އެވެ.

މިއަދު ފިޤުހު އެކަޑެމީގެ ޝަރީއާ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ 22 ބޭފުޅުންނަކީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޝައިހް މުހައްމަދު ރަޝީދު އިބްރާހީމާއި ޑރ. މުހައްމަދު ގުބާދު އަބޫބަކުރާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި އަބްދުﷲ ސައީދާއި އިބްރާހިމް ރަޝީދު މޫސާ އާއި ޑރ. މުހައްމަދު އިޔާޟާއި އިލްޔާސް ހުސެއިނާއި އާދަމް ޝަމީމާއި އާދަމް ނަސީމާއި އަނާރާ ނައީމާއި ޑރ. އައިޝަތު މުނީޒާއި މަރިޔަމް ޝަބާނާ އެވެ. މީގެ އިތުރުން ސ. ހިތަދޫ، ކޯޒީ ރައުންޑް، ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ބ. އޭދަފުށި، ހަލަވެލި، ޑރ. އަހުމަދު ޒިޔާދާއި ދ. މީދޫ ފެހިގެ، ޝައިހް މުހައްމަދު ލަތީފާއި ހަސަން ސައީދާއި ޅ. ނައިފަރު، ސިނަމާގެ، ޝައިހް މުހައްމަދު މޫސާ އާއި މޫސާ އަންވަރު ހަސަން އާއި ށ. މަރޮށި، ނޫރާނީގެ، އަހުމަދު ސަލީމާއި މ. ހެނބަދޫގެ، މުހައްމަދު ނަޝީދު އާދަމާއި ޅ. ނައިފަރު، ވިންޓަގްރީން، ޝައިހް މުހައްމަދު އިސްހާގު މުހައްމަދުފުޅު އެވެ.

އަދި އިސްލާމީ ފިޤުހު އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ހަ ބޭފުޅުންނަކީ ޑރ. މުހަންމަދު ލަޠީފް އާއި ސ. ފޭދޫ އިނގުރުމާގެ މުޙަންމަދުދީދީ އާއި ހ. ސީސައިޑް ޑރ. އައިޝަތު އަލީ ނާޒްގެ އިތުރުން ސ. މީދޫ ހަސަންކާރިގެ، ޑރ. އަހުމަދު އަންވަރާއި ހ. ބުރެވިމާގެ އަބުދުލްހަމީދު އަހުމަދު އާއި މ. ލިންކް ހައުސް ޑރ. އަހުމަދު ޝަރީފް އެވެ.

ރައީސް ހަމަޖައްސާފައި ވަނީ އިސްލާމީ ފިޤުހު އެކަޑެމީގެ ޝަރީއާ ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލުގެ ރައީސާއި ނައިބު ރައީސް ކައުންސިލުގެ މެންބަރުންގެ ތެރެއިން ހޮއްވަވާގޮތަށް ހަމަޖައްސަވާ ގޮތަށެވެ.

އަދި ދެ ކައުންސިލެއް އުފައްދައި ފިގުހު އެކަޑަމީ އެކުލަވާލެއްވިއިރު ކުރީގެ އެކަޑަމީ ވަނީ އުވާލައްވާފަ އެވެ.