23 Dec 2012, 12:03
ތ. ވިލުފުއްޓާއި ދިމާ ބޭރުގައި ބަންޑުން ޖަހާލައިފައި އޮތް ބޯޓެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ބަންޑުން ޖަހާލައިފައިވާ އެބޯޓަކީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވޭ ކަމަށާއި އެބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބަޔަކު މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެބޯޓު ބަންޑުން ޖަހާލާފައި އޮންނަތާ ދުވަސްތަކެއް ވެފައިިވާ ކަމަށް ބެލެވޭ ކަމަށް ވެސް އެމީހުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
"ދުވަސްވީ ލަންކާގެ މަސް ބޯޓެއް ކަމަށް މިބެލެވެނީ، އޭތި ބަންޑުން ޖަހާލައިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އޭގައި އެއްވެސް އެއްޗެއް އަދި އެއްވެސް ބަޔަކު ނެތް ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ވަނީ ލިބިފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ބަންޑުން ޖަހާލައިފައި އޮއްވާ ފެނުނު އެބޯޓު މިހާރު އޮތީ ވިލިފުށި ކައިރީގައި އޮންނަ އޮޅުގިރިއާ ދެމޭލު ބޭރުގެ ކަނޑު ތޮށިން އެތެރެއަށް ވައްދާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެސަރަހައްދަށް ދިއުމަށް ފުރާފައިވާއިރު އެސަރަހައްދާއި އެންމެ ކައިރިން ހަރަކާތްތެރިވަމުން އަންނަ އެންއެންޑީއެފްގެ ސެންޓްރަލް އޭރިޔާގެ ސިފައިން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.