23 Dec 2012, 09:09
މާލޭ ދެ ނަމްބަރު ކުނިކޮށީގައި ބޭނުންކުރަމުން ގެންދިޔަ އެކްސްކަވޭޓަރެއް ހަލާކުވުމާ ގުޅިގެން އެ ކުނިކޮށި ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) ރޭ ވިދާޅުވީ އިއްޔެ ހަވީރުން ކުނިކޮށި ބަންދުކުރަން ޖެހުނީ އެތަނުގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރު ހަލާކުވެގެން ކަމަށާއި މިހާރު ކުނިއެޅުމަށް ހަމަޖައްސާފައި ވަނީ ވިލިމާލޭ ފެރީޓާ މިނަލް އާ ދިމާލުގައި އޮންނަ ކުނި އުފުލާ ބާޖަށް ކަމަށެވެ. އަދި މިއަދު މެންދުރު ކުރީގެ ވަގުތެއްގައި އެހެން އެކްސްކަވޭޓަރެއް ގެނެސް އެ މައްސަލަ ހައްލުކުރެވޭތޯ ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތަނުގައި އޮތް އެކްސްކަވޭޓަރު ހަލާކުވެގެން އޭތި ހެދޭތޯ ފުރަތަމަ ބެލީ. ދެން އަދިވެސް އޭތި ނެހެދިގެން މިއުޅެނީ، އެހެންވެ ކުނިކޮށި ބަންދުކޮށްލީ. މިވިއްސާރައާ ދިމާކޮށް ކުނި އުކުމުގައި ދަތިތަކަކާ ކުރިމަތިވެގެން ކުނިކޮށި ފުރިފައިވަނިކޮށް، އަނެއްކާ ވެސް އެތަނަށް ކުނި އަޅަން ފަށައިފި ނަމަ ކުރީ ފަހަރު ދިމާވި ގޮތަށް މަގުމައްޗަށް ކުނިތައް ނުކުމެގެން ހިނގައިދާނެތީ،" ރުހުމާ ވިދާޅުވި އެވެ.
މާލޭގައި ކުނިކޮށިތަކަށް އަޅާ ކުނިތައް ކުނިތައް ނައްތާލުމުގައި ބޭނުންކުރާ އުޅަނދުތައް ހަލާކުވެގެން ކުނިނައްތާލުމުގައި ބޮޑތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.