22 Dec 2012, 19:13
މާލޭގެ ގެއެއްގައި ބިދޭސީ އަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މ. ޗާންދަނީގޭ ނުވަ ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީ މީހާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު 5:26 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.