ނިޔޯން، ސްވިޒަލޭންޑް (20 ޑިސެމްބަރ) – ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑު ކުލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޮޕާ ލީގުގެ ފަހު 32ގައި ވާދަކުރާ ޓީމުތަކުގެ ގުރުން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ އާއި ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާހާ ކުޅެން ހަމަޖެހުނު އިރު މި މުބާރާތް ތިންފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލް ލައްވާލީ ރަޝިޔާގެ ޒެނިތު ޕީޓާސްބާގާ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއަޓް ސްޓޭޖަށް ވާސިލް ނުވެވުނު ނަމަވެސް ގުރޫޕްގެ ތިންވަނަ ހޯދި އަށްޓީމާ އެކު ބޭއްވި މި ގުރުއަތުގައި އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑް ޔުކްރެއިންގެ މެޓަލިސްޓް ކަރްކީވްއާ ވާދަ ކުރާ އިރު ޓޮޓެންހަމް އަށް ލައްވާލީ ފްރާންސްގެ ލިޔޯން އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް ކުރިމަތިލާނީ ރަޝިޔާގެ ރޫބިން ކަޒާންއާ އެވެ.

މި މުބާރާތުގެ ރައުންޑް އޮފް 32 ގެ ގުރު ނެގިތާ މާގިނަ އިރެއްނުވެ ފަހު ސޯޅައިގެ ގުރުވެސް ވަނީ ނަގާފަ އެވެ. މިގޮތުން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގައި މުއްސަނދި މެންޗެސްޓާ ސިޓީއަށް ވުރެ ކުރި ހޯދައިގެން ގަދަ ބައްތިރީހުން ޖާގަ ހޯދި ނެދަލެންޑްސްގެ އަޔެކްސް ރޫމޭނިއާގެ ސްޓެއުވާ ބުކުރެސްޓީ އާ ވާދަކޮށް ގަދަ ސޯޅަ އަށް ވާސިލްވެވިއްޖެ ނަމަ ކުޅެން ޖެހޭނީ ޗެލްސީ ނުވަތަ ސްޕާޓާ ޕްރާހާ އާއެވެ.

ރައުންޑް އޮފް 32 ގެ ފުރަތަމަ ލެގް ކުޅޭނީ ފެބްރުއަރީ 14 ވާ ބުރާސްފަތި ދުވަހު އެވެ. އަދި ދެވަނަ ލެގު ކުޅޭނީ އޭގެ ހަފްތާއެއް ފަހުން 21 ފެބްރުއަރީ ގަ އެވެ.

ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގު ކުޅޭނީ މާޗު ހަތެއް ވާ ބުރާސްފަތި ދުވަހު އެވެ. އަދި މިބުރުގެ ދެވަނަ ލެގު ކުޅޭނީ އޭގެ ހަފުތާއެއް ފަހުން މާޗު 14 ވަނަ ދުވަހު އެވެ.

ޔުއެފާ ޔޫރޯޕާ ފަހު 32 ގެ މެޗުތަށް:

ބާޓޭ ބަރީސޯ -ފެނަބާޗޭ
އިންޓަ މިލާން - ސީއެފްއާރު ކުލްޖް
އޮލިމްޕިއަކޮސް – ލެވަންޓޭ
ޒެނިތު ޕީޓާސްބާގް –ލިވަޕޫލް
ޑައިނަމޯ ކީވް - ގިރޮންޑިން ބޯޑޯ
ބޭޔާ ލެވަކޫސެން – ބެންފިކާ
ނިއުކާސަލް ޔުނައިޓެޑް– މެޓަލިސްޓް ކަރްކިވް
ސްޓަގާޓް – ގެންކް
އެޓްލެޓިކޯ މެޑްރިޑް – ރޫބިނ ކަޒާން
އަޔެކްސް - ސްޓެއުވާބުކުރެސްޓީ
އެފްސީ ބާސެލް – ޑްނިޕްރޯ ނިޕްރޯޕެޓްރޮސްކް
އަންޖީ މަހަކަލަ – ހަނޫވާ
ސްޕާޓާ ޕްރާހާ –ޗެލްސީ
ބޮރޫޝާމޫޗަންގްލަބަޝް– ލާޒިއޯ
ޓޮޓްންހަމް ހޮޓްސްޕާ– އޮލީމްޕިކް ލިއޮނައިސް
ނަޕޯލީ - ވިކްޓޯރިއާ ޕިލްސެން

ޔުއެފާޔޫރޯޕާފަހު16ގެމެޗުތަށް:

ނަޕޯލީ/ޕިލްސެން – ބާޓޭ/ފެނަބާޗޭ
ލެވަކޫސަން/ބެންފިކާ – ޑައިނަމޯ/ބޯޑޯ
އާންޖީ/ހަނޫވާ – ނިއުކާސަލް/މެޓަލިސްޓް
ސްޓަގާޓް/ގެންކް - މޫޗަންގްލަބަޝް/ލާޒިއޯ
ޓޮޓްންހަމް/ލިއޯން – އިންޓަރ/ކުލޫޖް
އަޔެކްސް/ސްޓެއުވާ– ސްޕާޓާ/ޗެލްސީ