ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ އޮނިގަނޑު ރާއްޖޭގައި އޮތް ގޮތުގެ މައުލޫމާތުދޭ މަސައްކަތު ބައްދަލުވުމެއް މާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން ތިން ދުވަހަށް ބާއްވާ މި މަސައްކަތު ބައްދަލުވުން  ބާއްވަނީ މި މަހުގެ 27 އިން 29 އަށެވެ.


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނަނީ މި މަސައްކަތު ބައްދަލުވުމަކީ އޭޝިޔަން ފޯރަމް ފޯ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓާ  ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.


މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ އާއި "ނެޓްވޯކްސް އޮފް ހިއުމަންރައިޓްސް ޑިފެންޑާސް" ޕްރޮޖެކްޓްގެ ދަށުން ހއ. އާއި ހދ. އާއި ރ. އަދި ލ. އަތޮޅުގައި ތަމްރީނުކޮށް އެކްރެޑިޓްކޮށްފައިވާ ހިއުމަން ރައިޓްސްޑިފެންޑަރުން ވެސް މި ބައްދަލުވުމުގައި ބައިވެރިވާނެ އެވެ.