މޯލްޑިވްސް އެއާޕޯޓްސް ކަމްޕެނީ ލިމިޓެޑްގެ (އެމްއޭސީއެލް) އާ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި ބޭފުޅުން ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން މިއަދު ބުނި ގޮތުގައި ހަތް މެންބަރުންގެ އާ ބޯޑުގައި ހިމެނިވަޑައިގަންނަ ވަނީ ބޯޑު ޗެއާމަންއެއްގެ ގޮތުން މއ. ހަވޭލި މުޙަންމަދު ސަޢީދާއި މެނޭޖިން ޑައިރެކްޓަރު މ. އެލްސިއޯން ޑރ. އިބްރާހީމް މަޙްފޫޒާއި މެންބަރުންގެ ގޮތުގައި ހ. ނޫމުތި މުޙަންމަދު އިބްރާހީމާއި ގ. ކެތުލިން އިބްރާހީމް ޚާލިދާއި ދަފުތަރު އިބްރާހީމް އިޔާސް އާއި މ. މެހެކް ހުސައިން ޝިޔާމާއި މ. މުލީގެ އިބްރާހީމް މުޙަންމަދު ކަމަށެވެ.