އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ޓީ-ރެކްސް ބާސްކެޓްބޯޅަ ކުލަބާއި ހަރިކޭން ބާސްކެޓްބޯޅަ ކުލަބު ކުޅުނު މެޗު 87 ޕޮއިންޓު 59 ޕޮއިންޓުން ޓީ-ރެކްސް މެޗު ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗުގައި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ އެޓީމަށް 28 ޕޮއިންޓް ހަމަކޮށްދިން މޫސާ ހަލީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމަށްވެސް ހޮވުނީ މުޅި މެޗުގައި ވެސް އެންމެ ގިނަ ޕޮއިންޓު ހޯދި މޫސާ ހަލީމު އެވެ.

ރޭގެ މެޗުގައި ހަރިކޭން އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ އެޓީމަށް 19 ޕޮއިންޓު ހޯދައިދިން މުހައްމަދު ޚުވައިލިދު އެވެ. ރޭގެ މެޗުގެ ފުރަތަމަ ތިން ކުއާޓާގައި ޓީ-ރެކްސް ރަނގަޅަށް ކުޅުނު ނަމަވެސް ފަހު ކުއާޓަގައި ހަރިކޭންގެ ކުޅުން ރަނގަޅު ކޮށްފައިވެ އެވެ.

ދެވަނަބުރުގެ ތިންމެޗު ކުޅުނު އިރު ދެ މެޗު ކުޅެގެން 4 ޕޮއިންޓާއެކު ތާވަކުގެ ކުރީގައި އޮތީ ޓީ-ރެކްސް އެވެ. 2 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައި އޮތީ ރެޑްލައިން ކުލަބެވެ. އަދި ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކުލަބު ބަލިވެފައި ވާއިރު ހަރިކޭން ބީސީ އޮތީ ކުޅުނު ދެމެޗުންވެސް ބަލިވެ ތާވަލުގެ ފުލު ގައެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ބުރުގެ ހަތަރު ވަނަ މެޗުގައި މިރޭ ރެޑްލައިން ކުލަބާ ދެކޮޅަށް ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބެވެ. މެޗު ފަށާ ގަޑިއަކީ ރޭގަނޑު 9:00 އެވެ.