20 Dec 2012, 11:55
އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒް ކޮށްގެން ބާއްވާ "ޔޫތް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ކުލަބް ވެލެންސިޔާގެ ފަރިތަކުރުންތައް އަންނަ އަފްތާގެ ތެރޭގައި ފަށާނެ ކަމަށް އެކުލަބުން ބުނެފި އެވެ.
ޔޫތް ޗެމްޕިއަންޝިޕް ފެށުމަށް އެފްއޭއެމްއިން މިހާރު ނިންމާފައިވާ ފައިނަލް ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހެވެ.
ވެލެންސިޔާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު މިއަދު ވިދާޅުވީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ކުލަބުގެ ފަރިތަކުރުންތައް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް މަސައްކަތް ފަށާނެ ކަމަށާއި އެހެން ނަމަވެސް އަދި ޓީމުގެ ސްކޮޑްގައި ތިބީ ވަރަށް މަދު ކުޅުންތެރިންތަކެއް ކަމަށެވެ.
"ފަރިތަކުރުންތައް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން މިދަނީ. ފަރިތަކުންތައް ފަށާނީ ޓީމާ އަލަށް ގުޅުނު ގިނަ ކުޅުންތެރިންނާއެކު،" ރާއީ ވިދާޅުވި އެވެ.
އެފްއޭއެމް އިން ބުނީ، ގިނަވެގެން 10 ޓީމަށް ވާދަކުރެވޭ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކަށް އެފުރުސަތު މިހިގާ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އިއުލާން ކުރިއިރު، މިއަދަކީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ތާރީހުގެ މުއްދަތު ހަމަވާ ދުވަހެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިވަނީ ކިތައް ޓީމްތޯ މުޅިން ފައިނަލް ވާނީ މިއަދު މެންދުރުގެ ފަހު 2:30 ގެ ފަހުން ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.
ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ. އެގޮތުން ވިކްޓަރީ މުބާރާތުގެ ޗެމްޕިއަންކަން އެފަރު ހޯދީ އީގަލްސް އަތުން 3-2 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.