މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ޕެކެޓް ތަކަކާ އެކު ފަސް މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.


މި މަހުގެ 23 ވަނަ ދުވަހާއި 24 ވަނަ ދުވަހު ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ފަސް މީހުންނަކީ، މާފަންނުގެ ދެ ސަރަހައްދަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެތިތަކެއް ފެނިގެން، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ފަސް މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ އުމުރަކީ 19 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންގެ ނަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ގްރޫޕް ހަދައިގެން ތިބި ހަތަރު މީހަކު އިއްޔެ ބަލައި ފާސްކުރި ކުރުމުން އެމީހުން ތިބި ސަރަހައްދުގެ ކާނުގަނޑު ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 10 ޕެކެޓް ފެނިފައިވާ ކަމަށެވެ.  އަދި ބުރާސްފަތި ދުވަހު މާފަންނުގެ ގެއަކުން އުމުރުން 23 އަހަރުގެ ޒުވާނަކު ބަލައި ފާސްކުރި ކަމަށާއި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ދެ ޕެކެޓް ފެނިފައިވާ ކަމަށެވެ.