19 Dec 2012, 12:22
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީއާ އަންނަ މަހުން ފެށިގެން އެމްއެންޑީއެފުން ހަވާލުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީ އަންނަ މަހުން ފެށިގެން އެމްއެންޑީއެފުން ހަވާލުވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި އެމެމްބަރުންގެ ސެކިއުރިޓީ ބަލަހައްޓާނީ އެކަމަށް ޓްރެއިންކޮށްފައިވާ ހާއްސަ ބައެއް ކަމަށެވެ.
"ގާނޫނު އަސާސީގައި އެބަ ބުނޭ ސަލަމަތީ ބާރުތަކުން މަޖިލީސް މެމްބަރުންގެ ސެކިއުރިޓީ ދޭން ޖެހޭނެއޭ. ދެން މީގެ ކުރިން ފުލުހުން އެ ސެކިއުރިޓީ ދެމުން ގެންދިޔަ ނަމަވެސް އަންނަ މަހުން ފެށިގެން އެމްއެންޑީއެފުން ހަލުވާނެ. އެބޭފުޅުންގެ ސެކިއުރިޓީ ބަލަހައްޓާނީ އެކަމަށް ހާއްސަކޮށް ޓްރެއިން ކޮށްފައި ތިބި ބަޔަކު. ނަމަވެސް އެ އޮންނާނެ އުސޫލުތަކާއި އެކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތައް ބަލަމުން މިގެންދަނީ،" އަބްދުއްރަހީމް ވިދާޅުވީ އެވެ.
މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީ މީގެ ކުރިން ބަލަހައްޓަމުން ގެންދަނީ ފުލުނުންނެވެ. ނަމަވެސް ފުލުހުންގެ ސެކިއުރިޓީއާ މެދު މެމްބަރުން ވަނީ ސުވާލުއުފައްދައިފަ އެވެ.
އެމްއެންޑީއެފްގެ ސެކިއުރިޓީ މިހާތަނަށް ދެމުންގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންނާއި ކުރީގެ ރައީސް ކަން ކުރައްވާފައިވާ ބޭބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޑޮކްޓަރު އަފްރާޝީމް ޢަލީ އަވަހާރަކޮށްލުން ފަދަ ބޮޑެތި ޖަރީމާތައް މިރާއްޖޭގައި އިތުރަށް ހިންގަން އެއްވެސް ފުރުޞަތެއް ނުދެއްވާނެ ކަމަށެވެ.