މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް އުދައަރާނެ ކަމަށް މެޓް އޮފީހުންބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި އަތޮޅުތަކަށް ގަދަވަޔާ އެކު ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށާއި އަދި މިދުވަސްވަރު ދިޔަވަރު ބޮޑުވާގަޑީގައި ރާއްޖޭގެ ބައެއް ރަށް ރަށަށް އުދައަރަމުން ދާނެ ކަމަށް މެޓް އޮފީހަށް މައުލޫމާތް ލިބިފައިވާ ކަމަށެވެ.

"ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުން ކުރިއަށް ލަފާ ކުރާގޮތް ބެއްލެވުމަށް ފަހު ދަތުރުކުރުމަށް ސަމާލުވުމަށް ދައްނަވަމެވެ." މެޓް އޮފީހުން ބުންޏެވެ.

އަދި ބުނީ ބޯކޮށް ވާރޭވެހިގެންނާއި އުދައެރުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ޓަކައި ރައްޔިތުން އެކަމަށް ސަމާލުވުމަށާއި ހާއްސަކޮށް ފެންބޮޑުވެދާނެ ކަމަށް ބެލެވޭތީ ރަށްރަށުގައި ގެދޮރާއި މުދަލަށް އަދި ކާޑުގެ ބާވަތްތަކަށް ރައްކާތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް ވިއްސާރަ ދުވަސްވަރަކަށް ވެފައިވާ އިރު މިއަހަރު ވެސް ވިއްސާރައާއި ބާރު ވައިގެ ސަބަބުން ބައެއް ރަށްރަށަށް ދަނީ އުދާގެ އަސަރުކުރަމުންނެވެ.