19 Dec 2012, 11:11
ޖުމްލަ ފަސް ޓީމްގެ މެދުގައި ކުޅެވުނު ގައުމީ ދެ ވަނަ ޗެސް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެލެންސިޔާއިން ހޯދައިފި އެވެ.
މިމަހުގެ 17 އަދި 18 ވަނަ ދުވަހުގެ ރޭ ކުޅިވަރު އެކުއެނީގެ ދެ ވަނަ ފަންގި ފިލާގައި ކުރިއަށްދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗް ކާމިޔާބުކޮށްގެންނެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނީ ޑީއެކްސްއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރި ފަސް ޓީމަކީ ޑީއެކްސް އާއި ވެލެންސިޔާ އާއި މިލަދޫ ސްޕޯޓްސް އާއި ކުލަބް ގާމަގު، އަދި މިލަދޫ އިސްދަރިވަރުންގެ ޖަމްއިއްޔާ އެވެ.
ޗެސް ފެޑެރޭޝަންގެ ރައީސް ނޫޙު އަލީ ވިދާޅުވީ، މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ ކުޅިވަރު އެކުއެނީގެ ޗެސް ކުޅޭ ހޯލުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.