މާލޭގެ ފަޅު ގެއެއްގެ ބޭރު ދޮރުގައި އަލިފާން ރޯވެފައި ވަނިކޮށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ އަލިފާންގަނޑު ނިއްވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައި ވަނީ "ހ. އޮއިސްޓަރ3"ގޭގެ ދޮރެއްގައި ކަމަށާއި އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެގޭގައި އަލިފާން ރޯކޮށްފައިވާ ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު ލިބުމާ ގުޅިގެން ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަރާތުން ކުރި މަސައްކަތުން 6:37 އެހާކަންހާއިރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.