އިންޓަނެޓްގެ ހިދުމަތް ދިނުމަށް ގުޅައިދޭ އޭޑީއެސްއެލް ލައިން ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް މިއަދު ވިދާޅުވީ އެ ޕްރޮމޯޝަނުން ފިކްސެޑް ފޯން ލައިނެއް ހުންނަ ކޮންމެ ގެއަކަށް އޭޑީސީއެލް ގުޅައިދިނުން މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮމޯޝަނުގެ ދަށުން މީގެ ކުރިން އެގެއަކަށް ގުޅާފައިވާ އަދި މިހާރު ވެސް ބޭނުންކުރެވޭ ކޭބަލްއެއް އޮތް ނަމަ 150ރ. އަށް އެހިދުމަތް ދެވިގެންދާނެ ކަމަށެވެ. މީގެ ކުރިން އެހިދުމަތް ދެމުންދިޔައީ 1000ރ. އަށެވެ.

"އިންޓަނެޓްގެ ހިދުމަތް ލިބޭ ވަރަށް ތަފާތު ޕެކޭޖްތައް އެބަހުރި، އޭގެ ތެރޭގައި އަންލިމިޓެޑް ޕެކޭޖްތަކާއި ސުޓޫޑެންޓް ޕެކޭޖްތަކައި އަދި ވެސް އެ ބޭފުޅަކު ދެއްވާ ހިދުމަތަކާ ގުޅޭ ޕެކޭޖްތައް ވެސް އެބަހުރި އޭގެ ތެރޭގައި އެބަހުރި އެގޮތުން މީގެ ކޮންމެ ޕެކޭޖެއް ބޭނުންވިއަސް މި ޕްރޮމޯޝަންގެ ތެރެއިން ލިބޭނެ." އިމްޖާދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ މިއަންނަ ޖެނުއަރީ މަހުގެ 31ގެ ނިޔަލަށް ކަމަށެވެ.