18 Dec 2012, 08:20
ރ. މީދުއްޕަރު ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅެނިކޮށް ގެއްލުނު ކޮރެއާ ޓޫރިސްޓު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އިއްޔެ ހަވީރުން ފެށިގެން ހޯދަމުން އަންންނަ ދޯވަންއޫ ނަމަކަށް ކިޔާ އެމީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށް ދާދި ދެންމެ އަކު ފުލުހުން ބުނި ނަމަވެސް އެކަމަކު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެ މީހާ ގެއްލުނީ އިއްޔެ ހަވީރު 5:30 އެހާކަން ހާއިރު އޭނާގެ އަންހެނުންނާ އެކު މީދުއްޕަރު ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ނިކުމެ އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ޗައިނާގެ މިލިއަނަރަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް އެމީހާ އަދި ފެނިފައެއްނުވެ އެވެ.