17 Dec 2012, 20:16
ރ. މީދުއްޕަރު ކައިރިއަށް ސްނޯކްލިން އަށް ގޮސްއުޅުނު ޓޫރިސްޓަކު ނުފެނިގެން ހޯދަންފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ކޮރެއާގެ ޓޫރިސްޓެއްކަމަށްވާ އުމުރުން 32 އަހަރުގެ ދޮހުވަން އޮހު ކަމަށެވެ.
އަދި ބުނީ އޭނަ ގެއްލިފައިވަނީ މިއަދު ހަވީރު 05:30 އެހާކަންހާއިރު އޭނާގެ އަންހެނުންނާއެކު މީދުއްޕަރު ރިސޯޓް ކައިރިއަށް ސުނޯކުލިންއަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ބުނީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު އެރިސޯޓްގެ މުވައްޒަފުންނާއި ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ކޮރެއާގެ ޓުރިސްޓަކު ގެއްލިގެން ހޯދަމުންދާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ބަނޑޮސް އައިލެންޑް ރިސޯޓް ބޭރަށް ސުނޯކުލިންއަށް ގޮސްއުޅުނު ޗައިނާގެ ޓޫރިސްޓަކުވެސް ގެއްލިފަ އެވެ. ޗައިނާގެ މިލިއަނަރުންގެ ތެރޭގައި ހިމެނޭ އެ އަންހެންމީހާ ގެއްލުނު މައްސަލަ އެ މީހާގެ ފިރިމީހާ ވަނީ ފުލުހުންނަށްވެސް ހުށަހަޅައިފަ އެވެ. އޭނާ ތުހުމަތު ކުރަނީ ބަޔަކު ގަސްތުގައި އޭނާގެ އަންހެނުން މަރާލީ ކަމަށެވެ.