17 Dec 2012, 15:27
އެމޭޒަން އާއިލާގެ ގުރައެއް ގެއްލިގެން ހޯދައިދިން ފަރާތަކަށް އިނާމެއްގެ ގޮތުގައި 10،000ރ. ހުށަހަޅައިފި އެވެ.
ގުރާގެ ވެރިފަރާތުން ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އޮންލަނަށް ބުނީ އޭނާ ވަރަށް ލޯބިން ގެންގުޅޭ އެ ގުރާ ގެއްލިފައި ވަނީ އިއްޔެ ކާންދޭން އުޅުނު ވަގުތު އުދުހިގެން ދިއުމުން ކަމަށާއި އެގުރާ ހޯދައިދިން ފަރާތަކަށް 10000ރ. ދޭން ނިންމައި ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ހަރަދުކޮށްގެން ގެންގުޅޭ އެއްޗެއް އެއަކީ އެހެންވެ އެވަރުން ހޯދަން ވެސް މިއުޅޭނީ، ދެން ފެނިއްޖެއްޔާ ޕޮލިހަށް ގުޅުއްވާ. އިނާމަކަށް އޮންނާނެ 10000ރ." އޭނާ ވަރަށް ދެރަވެ ހުރެ ކިޔައިދިނެވެ.
އަދި ބުނީ އެ ގުރައަކީ މީހަކު އޭނާ އަށް ހަދިޔާއަކަށް ދިން ގުރައެއް ކަމަށާއި އެމޭޒަން އާއިލާގެ އެ ގުރައިގެ ކުލައަކީ ފެހިކުލަ އާއި ރީނދޫ ކުލަ ކަމަށެވެ. ނަމަވެސް އެ ގުރާގައި ވަކި ފާހަގައެއް ޖަހާފައި ނުވާކަމަށް އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ ގުރައެއް ގެއްލިގެން އިއްޔެ ހަވީރު ހުށައަޅާފައިވާ ކަމަށާއި އެ ގުރާ ހޯދައިދިން ފަރާތަކަށް 10000ރ. ހުށައަލާފައިވާ ކަމަށެވެ.