17 Dec 2012, 14:33
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޮޓް (އައިއެންއައިއޭ)ގައި އިންޑިއާގެ ޖީއެމްއާރުން ހިންގި ޑިއުޓީ ފުރީ ފިހާރަތައް ރޭގެ ނިޔަލަށް ހުސްކުރަން އެންގުމުން ޖީއެމްއާރުން އެފިހާރަތައް ހުސްކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ރަހުމަތުﷲ އަޝްރަފް މިއަދު ވިދާޅުވީ ރޭގެ ނިޔަލަށް ފިހާރަތައް ހުސްކުރުމަށް ޖީއެމްއާރަށް އަންގާފައިވުމުން މިހާރު އެ ފިހާރަތައް ހުސްކޮށްފައިވާ ކަމަށެވެ.
"ޖީއެމްރުން އެއާޕޯޓްގައި ހިންގި ޑިއުޓީ ފުރީ ފިހާރަތައް މިހާރު ހުރީ ހުސްކޮށްފައި، ދެން ޖީއެމްއާރުން މުދާތައް ހުސްކުރީމާ އެ ފިހާރަތަކުން ހިދުމަތެއް ނުދެވޭނެ. ދެން އެފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން މިދަނީ. ދެން ކޮންދުވަހަކުންތޯ ބުނާކަށް ނޭނގޭ،" ރަހުމަތުﷲ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިހާރު ޑިއުޓީ ފުރީ ފިހާރަތަކުގެ ތެރެއިން ހިދުމަތް ދެމުންދާނީ ސިފާނީގެ ގަހަނާ ފިހާރަ އަކާއި ކޯޓް ވިޝަންގެ ފިހާރަަކުން އެކަނި ކަމަށެވެ.