17 Dec 2012, 14:05
ގދ. ތިނަދޫން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 16 އަހަރުގެ ކުޑަ ކުއްޖާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ ޝަބްނަމީގެ އުމުރުން 16 އަހަރުގެ އިބްރާހީމް ނަބީލް ފެނުނީ އެ ރަށުގެ ރައްޔިތުްންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިއަދު މެންދުރު ގދ. ތިނަދޫ ބަނދަރުމަތީގައި ހުއްޓައި ތިނަދޫގެ ފުލުހުންނަށް ކަމަށެވެ.
އެކުއްޖާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
ފަހަކަށް އައިސް ކުޑަ ކުދިން ގެއިން ނުކުމެގެންދާ ފަހުން، ވީނުވީއެއް ނޭނގިގެން ރިޕޯޓް ކުރަމުންދާ މައްސަލަތައް ގިނަވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ ފުރާއުމުރުގެ އަންހެން ކުދިންނެވެ.