17 Dec 2012, 12:52
ތޫނު ހަތިޔާރާއި ލަކުޑި ބުރިއެއް ހިފައިގެން އުޅުނު މީހަކު މ. މުލިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްުޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ އިއްޔެ ރޭ މުލީ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އެ ރަށު ސައިމާގޭ ކައިރީގައި ހަ ފޫޓު ދިގު ދަނޑިބުރިއަކާއި ތިލައިގައި ހަތް އިންޗި ހުރި ވަޅިއެއް ހިފައިން ހުއްޓައި ފެނިގެން ކަމަށެވެ.
އެނާ މުލީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލި އިރު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ މ. މުލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްގީގު ކުރަމުންނެވެ.