ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުގެ ލައިސަންސް ހިފަހައްޓައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިއަދު ވިދާޅުވީ ޒަމީރުގެ ލައިސަންސް ހިފެހެއްޓީ އިއްޔެ ހަވީރު ގާތްގަނޑަކަށް 17.45 އެހާކަންހާ އިރު އޭނާ ހެންވޭރު ކުރެދިގޯޅިން، އިސްލާމިކް ބޭންކް ކާރިން ސައިކަލްގައި ވަޑައިގަންނަވަމުން ފޯނުން ވާހަކަ ދެއްކެވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

"އިއްޔެ ހަވީރު ގާތްގަނޑަކަށް 17.45 އެހާކަންހާ އިރު މޫސާ ޒަމީރުގެ ލައިސަންސް ހިފެހެއްޓީ ސައިކަލްގައި ވަޑައިގަންނަވަމުން ފޯނުން ވާހަކަ ދެއްކި މައްސަލާގައި." ހަނީފް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން މޫސާ ޒަމީރުގެ ބަހެއް ހޯދުމަށް ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.