ސޯޅަ އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ގެއްލިގެން ހޯދުމުގެ މަސައްކަތްކުމުން ދަނީ ހދ. މަކުނުދޫ ޝަބްނަމީގެ އިބްރާހީމް ނަބީލް އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުނަށް އަންގާފައި ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ގދ. ތިނަދު އަށް ދިޔަފަހުން އެ ކުއްޖާގެ އެއްވެސް ހަބަރެއް ނުވެގެން ކަމަށެވެ.

އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތެއްވާ ނަމަ ލަސްނުކުރައްވައި ފުލުހުންގެ ހިލޭ ގުޅޭ ނަންބަރު 119 ނުވަތަ 3322111 ނުވަތަ 3322112 އަށް ނުވަތަ ރަށެއްގައި ނަމަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް މައުލޫމާތް ފޯރުކޮށްދިނުމަށް ފުލުހުން އެދެ އެވެ.

ކުޑަފިރިހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތްތަށް ކުރަމުންދާ އިރު ކުޑަކުދިންގެއްލިގެން ހޯދަންފެށުމުގެ މައްސަލައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ.