ތޫނު ހަތިޔާރުން ހަމަލާދީ މާރާމާރީ ހިންގި މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުުހުން ބުނީ އެ މައްސަލައިގާ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ ޏ. ފުވައްމުލައް، މާދަޑު، ގުރޭސްް އިބްރާހީމް އަޒުހަން (22އ)ގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުވައްމުލައް މާދަޑު އަވަށުގައި ހުރި ގެއެއްގެ ކައިރީގައި ތިބި ދެ މީހަކަށް ތޫނު ހަތިޔާރުން ހަމާލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއްގެ ތުހުމަތުގަ އެވެ.

މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.