15 Dec 2012, 13:33
މާފަންނުގެ ގެސްޓްހައުސްއަކުން މަސްތުވާތަކެއްޗާ އެކު ހަތަރު ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ އުމުރުން 19 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މ. ރޭއަލިވާ ގެސްޓް ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށާއި އެގެސްޓް ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި އެމީހުން ތިބި ކޮޓަރިތަކުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި ޖުމްލަ 91 ރަބަރު ޕަކެޓް ފެނިފައިވާ މަށް ވެސް ފުލުހުން ބުންޏެވެ.
ރޭއަލިވާ ގެސްްޓް ހައުސް ފުލުހުން ބަލާފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.